ޑރ. މުހަންމަދު ފައިޒަލް
ސެކްރެޓަރީ ޖެނެރަލް
ހެޑް އޮފް ނޭޝަނަލް ޕޭ ކޮމިޝަން
ނޭޝަނަޕް ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ
މުސާރައާއި ޢިނާޔަތްތަކާއި، ވަޒީފާއަކުން ނުވަތަ މެންބަރުކަމުން ވަކިވެގެންދާއިރު
ދެވޭނެ ޢިނާޔަތްތައް ކަނޑައެޅުމަށް ޤާނޫނުއަސާސީން ވަކި ފަރާތްތަކަކަށް
ޙަވާލުކޮށްފައިވާ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ ބާރުގެ ދަށުން
އެފަރާތްތަކުން ރިޢާޔަތްކުރުން ލާޒިމު މިންގަނޑުތަކެއް، ހަރުދަނާ ގޮތެއްގައި
ކަނޑައަޅަމުން، މުރާޖަޢާކުރަމުން، އިޞްލާޙުކުރަމުން ގެންދިއުމުގެ މަސައްކަތާއި،
އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ޛަރީޢާއިން އެކި ފަރާތްތަކަށް
ލިބިދީފައިވާ މުސާރައާއި ޢިނާޔަތްތަކާއި، ވަޒީފާއަކުން ނުވަތަ މެންބަރުކަމުން
ވަކިވެގެންދާއިރު ދެވޭނެ ޢިނާޔަތްތައް ކަނޑައެޅުމުގެ މަސައްކަތްތައް ކުރުމަށް
ޤާނޫނު ނަންބަރު 2016/11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ ދަށުން
އުފައްދާފައިވާ ކޮމިޝަނެކެވެ.