އޭޝިއަން އިންފްރާސްރަކްޗާ އިންވެސްޓްމަންޓް ބޭންކް

މަޝްރޫއުއޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އަކީ އޭޝިއާ ބައްރުގެ އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއަށް މަސައްކަތްކުރުމަށްޓަކައި އުފައްދާފައިވާ މަލްޓިލެޓަރަލް މާލީ އިދާރާއެކެވެ. ޖެނުއަރީ 2016 ގައި އުފެދުނު މި ބޭންކުގެ މައި އޮފީސް ހުންނަނީ ޗައިނާގެ ވެރިރަށް ބެއިޖިންގގައެވެ. މިއަދާ ހަމައަށް ބޭންކުގެ މެމްބަރުންގެ އަދަދު 87 އަށް ވަނީ އަރާފައެވެ. ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރއާއި އެހެނިހެން އުފެއްދުންތެރި ދާއިރާތަކުގައި އިންވެސްޓްކުރުމާއެކު، މީހުންނާއި ޙިދުމަތް އަދި ބާޒާރުތައް ގުޅުވައިދީ، އޭޝިއާ އަދި އެހެން ހިސާބުތަކުގެވެސް އެތައް ބިލިއަން ބައެއްގެ ދިރިއުޅުމާއި މުސްތަޤްބަލަށް އެހީވުމަކީ މި ބޭންކުގެ އަމާޒެވެ. މި ބޭންކުން އެހީދޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ރޫރަލް އިންފްރާސްޓްރަކްޗަރ، ކަރަންޓާއި ހަކަތަ، ތިމާވެށި ރައްކާތެރިކުރުން، ދަތުރުފަތުރާއި މުވާސަލާތީ ޙިދުމަތް، ފެނާއި ނަރުދަމާ، އަރބަން ތަރައްޤީ އަދި ލޮޖިސްޓިކްސް ހިމެނެއެވެ.

އޭއައިއައިބީގެ މެމްބަރަކަށް ދިވެހިރާއްޖެ ވެފައިވަނީ 31 ޑިސެމްބަރ 2014 ގައި ބޭންކުގެ 23 ވަނަ ޕްރޮސްޕެކްޓިވް ފައުންޑިންގ މެމްބަރުގެ ގޮތުގައެވެ. އަދި ފައުންޑިންގ މެމްބަރެއްގެ ހައިސިއްޔަތުން ބޭންކުގެ ބޯޑުގެ އެޑްވައިޒަރެއްގެ ގޮތުގައިވެސް ދިވެހިރާއްޖެއިން މަސައްކަތްކުރެއެވެ. ދިވެހި ސަރުކާރުން އޭއައިއައިބީއާއެކު ފުރަތަމަ ލޯނެއްގައި ސޮއިކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. އެއީ ކޮވިޑް-19 ގެ އެމެޖެންސީ ރެސްޕޮންސްއާގުޅޭ ލޯނެކެވެ.

އޭއައިއައިބީއާއި ދިވެހިރާއްޖޭގެ ގުޅުން

އަހަރު

މަޝްރޫއު

ފައިސާއަދަދު
2020ކޮވިޑް-19 އެމެޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިޕެއަޑްނަސް ޕްރޮޖެކްޓްއެމެރިކާ ޑޮލަރު7,300,000

ވެބްސައިޓް: www.aiib.org/en/index.html

ދިވެހިރާއްޖެއިން އޭއައިއައިބީއަށް ކަނޑައަޅާފައިވާ ގަވަނަރ: އަލްފާޟިލް އިބްރާހީމް އަމީރު

ދިވެހިރާއްޖެއިން އޭއައިއައިބީއަށް ކަނޑައަޅާފައިވާ އޯލްޓަރނޭޓް ގަވަނަރ: އަލްފާޟިލް މުޙައްމަދު އަސްލަމް

ބޯޑް ޑައިރެކްޓަރ (ކޮންސްޓިޓުއަންސީ 3) އަށް ކަނޑައަޅާފާއިވާ އެޑްވައިޒަރ: އަލްއުސްތާޛް ފައްޔާޟް އިސްމާޢީލް


ޝެއާ