ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް

ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އުފެދިގެން އައިސްފައިވަނީ، 1960 ގެ އަހަރުތަކުގެ ތެރޭގައި އޭރުގެ އެމެރިކާގެ ރައީސް ޖޯން އެފް ކެނެޑީގެ އެގްޒެކެޓިވް އޯޑަރެއްގެ ތެރެއިންނެވެ. އެގޮތުން ތަރައްޤީގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން އަދި އެމެރިކާގެ ފޮރިން ޕޮލިސީ ކުރިއެރުވުމަކީ މި އެޖެންސީގެ މަސައްކަތެވެ.

ޔޫއެސްއެއިޑްގެ މަސައްކަތްތައް އެތަށް ސަތޭކަ ޤައުމެއްގައި ހިންގަމުންދެއެވެ. މިގޮތުން އެންމެ ފުޅާ ދާއިރާއެއްގައި މި އެޖެންސީގެ މަޝްރޫއުތައް ހިންގަމުންދާ ގައުމުތަކުގެ ތެރޭގައި އެފްރިކާ، އެޝިއާ، ލެޓިން އެމެރިކާ، މެދު އިރުމަތި އަދި އިރުމަތީ ޔޫރަޕްގެ ޤައުމުތައް ހިމެނެއެވެ. އަދި ޔޫއެސްއެއިޑްގެ ރެސިޑެންޓް ފީލްޑް މިޝަންގެ ނެޓްވަރކްއިން މަސައްކަތް ކުރަމުން ދަނީ އެމެރިކާ ސަރުކާރުގެ ޕްރޮގްރާމްތައް މަދު އާމްދަނީ ލިބޭ ޤައުމުތަކުގައި ވަކި ބޭނުންތަކަކަށް ހިންގުމަށެވެ. މީގެ ތެރޭގައި ހިމެނެނީ ޑިޒާސްޓަރ ރިލީފް، ޕަވަޓީ ރިލީފް، ޓެކްނިކަލް ކޯޕަރޭޝަން އޮން ގްލޯބަލް އިޝޫސް (ތިމާވެށީގެ މައްސަލަތައް ހިމަނައިގެން)، އެމެރިކާގެ ބައިލެޓްރަލް އިންޓަރެސްޓް އަދި ސޯޝިއޯއިކޮނޮމިކް ޑިވެލޮޕްމަންޓާގުޅޭ ޕްރޮގްރާމްތަކެވެ. މި އެޖެންސީއިން ޓެކްނިކަލް އަދި މާލީ އެހީތެރިކަން ވެސް ފޯރުކޮށްދެއެވެ.

1980 ގެ ފަހުކޮޅު ޔޫއެސްއެއިޑްއިން ދިވެހިރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ހަރުދަނާކުރުމަށް އެކިއެކި މާލީ އެހީތައް ފޯރުކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ.  

ޔޫއެސްއެއިޑާއި ދިވެހިރާއްޖޭގެ ގުޅުން

އަހަރުމަޝްރޫއުފައިސާއަދަދު
1987ބެލެންސް އޮފް ޕޭމަންޓްސް ސަޕޯޓްއެމެރިކާ ޑޮލަރު497,230
1986ބެލެންސް އޮފް ޕޭމަންޓްސް ސަޕޯޓްއެމެރިކާ ޑޮލަރު722,827
1985ބެލެންސް އޮފް ޕޭމަންޓްސް/ފުޑް އިންޕޯޓްސްއެމެރިކާ ޑޮލަރު1,494,463
ވެބްސައިޓް: www.usaid.gov


ޝެއާ