އިންކަމް ސަޕޯޓް އެލަވަންސް

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ގެ ބަލިމަޑުމަކާއި އިޤްތިޞާދީ ހީނަރުކަމާއެކު ދިވެހިންނާއި ދިވެހި ގޭބިސީތައްވަނީ އުނދަގޫ ޙާލަތެއްގައެވެ. ގޭބިސީތަކުގެ އެންމެ ބޮޑު ކަންބޮޑުވުކަށްވެފަވަނީ އާމްދަނީ ލިބުން ހުއްޓުމާއެކު ދިމާވެފައިވާ މާލީ ދަތިކަމެވެ. އުނދަގޫ މި ދަނޑިވަޅުގައި ދިވެހިންގެ ދިރިއުޅުމުގެ ޙާލަތު ރައްކާތެރި ކޮށްދިނުމަށްޓަކައި ދިވެހި ސަރުކާރުންދަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.