ކޮވިޑް-19 އާއި ދެކޮޅަށް އިޤްތިޞާދީގޮތުން އަޅާ ފިޔަވަޅުތައް

ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ޞިއްހަތު ރައްކާތެރިކުރުމަށާއި ކޮވިޑް-19 ގެ ސަބަބުން އިޤްތިޞަދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އާންމުންނަށާއި ވިޔަފާރިތަކަށް ކުރާ ނެދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން ސަރުކާރުންދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮވިޑް-19 އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އުފެދިފައިވާ އިޤްތިޞާދީ ނުތަނަވަސްކަމަށް ހައްލެއްހޯދުމުގެ ގޮތުން ސަރުކާރުންވަނީ އިޤްތިޞާދުގެ ތަފާތު ހިއްސާދާރުންނަށް އަމާޒުކޮށް އިޤްތިޞާދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްކޭޖެއް އެކުލަވާލާފައެވެ.

މި ޕެކޭޖްގައި ވަކި ވަކި ފަރުދުންނަށާއި، ގޭބިސާތަކާއި، އަދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި ކުރިމަތިވާ އެހެނިހެން ގޮންޖެހުންތަކުގެ އަސަރު ކުޑަކޮށްދިނުމަށް ފަރުމާކުރެވިފައިވާ ތަފާތު ކަންކަން އެކުލެވިގެން ވެއެވެ. މި ޕެކޭޖްގެ މައިގަނޑު މަޤްޞަދަކީ މި ބަލިމަޑުކަމުގައިވެސް ދިވެހި ރައްޔިތުންނަށް ވަޒީފާގެ ޔަޤީންކަން ފޯރުކޮށްދިނުމާއި އާމްދަނީ ލިބޭނެ ވަސީލަތެއް ޔަޤީންކޮށްދިނުމެވެ.ފަރުދުން އަދި ގޭބިސީތައް

ވިޔަފާރިތައް

ދައުލަތުގެ މާލިއްޔަތު

ޝެއާ