މޯލްޑިވްސް ކްލީން އެންވަޔަރަމެންޓް ޕްރޮޖެކްޓްގެ ގްރާންޓް އެގްރީމެންޓްގައި ސޮއިކުރުން

27 އޮކްޓޯބަރ 2018

ވާރލްޑް ބޭންކް ގްރޫޕްގެ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަންގެ ހިލޭ އެހީގައި ކުރިއަށް ގެންދާ "މޯލްޑިވްސް ކްލީން އެންވަޔަރަމެންޓް ޕްރޮޖެކްޓް" އަށް 12,800,000 (ބާރަ މިލިއަން އަށް ލައްކަ) ސްޕެޝަލް ޑްރޯވިން ރައިޓްސް ހަމަޖައްސަވާފައިވުމާއެކު، އިންޓަނޭޝަނަލް ޑެވެލޮޕްމެންޓް އެސޯސިއޭޝަން އާއި ދިވެހި ސަރުކާރާ ދެމެދު މި ޕްރޮޖެކްޓުގެ ގްރާންޓް އެގްރީމެންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތު 16 އޮގަސްޓް 2017 ވަނަ ދުވަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި ބޭއްވުނެވެ. މިއީ ގާތްގަޑަކަށް 17.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެކެވެ.

   މި ހިލޭ އެހީގެ އެއްބަސްވުމުގައި ވާރލްޑް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ވާރްލްޑް ބޭންކުގެ ފަރާތުން ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ކަންޓްރީ ޑިރެކްޓަރ މިސް އައިޑާ ރިޑިހޮ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙުމަދު މުނައްވަރެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ އަލްފާޟިލް ތޯރިޤް އިބްރާހިމް އަދި އެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

   މި މަޝްރޫޢުގެ ދަށުން މ، ފ، ދ، ތ އަދި ލ އަތޮޅު ހިމެނޭ ރަށްތަކުގައި އައިލެންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރު އަދި އެ ސަރަހައްދު ހިމެނޭ ވޭސްޓް މެނޭޖްމެންޓް ޒޯންގައި ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވ

ޝެއާ