މިނިސްޓަރ އޮފް ފިނޭންސް، ވާރލްޑް ބޭންކްގެ ދެކުނު އޭޝިއާ ސަރަޙައްދުގެ ނައިބު ރައީސާ ބައްދަލުކުރައްވައިފި
03 ފެބުރުއަރީ 2024 ޝެއާ ޓުވީޓް

މިނިސްޓަރ އޮފް ފިނޭންސް ޑރ. މުޙައްމަދު ޝަފީޤު، ވާރލްޑް ބޭންކްގެ ދެކުނު އޭޝިއާ ސަރަޙައްދުގެ ނައިބު ރައީސް، މިސްޓަރ މާޓިން ރެއިޒަރ އާއި އެމަނިކުފާނުގެ ވަފުދާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ހޮނިހިރު ދުވަހުގެ ހެނދުނު މިނިސްޓްރީ އޮފް ފިނޭންސްގައެވެ.

މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ މެކްރޯ ފިސްކަލް އައުޓްލުކް އަދި އިސްލާޙީ މަސައްކަތްތަކާއި، ކުރިއަށް އޮތްތަނުގައި ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުންތައް ހާސިލުކުރުމަށް މި ވުޒާރާއާއި ވާރލްޑް ބޭންކާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާތައް ކުރެވިފައެވެ.

މި ބައްދަލުވުމަކީ ވާރލްޑް ބޭންކްގެ ދެކުނު އޭޝިއާ ސަރަޙައްދުގެ ނައިބު ރައީސް، މިސްޓަރ މާޓިން ރެއިޒަރ އާއި އެމަނިކުފާނުގެ ވަފުދު ދިވެހިރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

މިއަދުގެ ބައްދަލުވުމުގައި ވާރލްޑް ބޭންކްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ މިސްޓަރފާރިސް އެޗް ހަދާދު-ޒެރްވޯސް އާއި، ރީޖަނަލް ޑިރެކްޓަރ މިސްޓަރ މެތިއު އޭ. ވާގިސް އާއި ރީޖަނަލް ދިރެކްޓަރ މިސް ނިކޯލް ކްލިންގެން އާއި ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރ މިސް ޗިޔޯ ކަންޑާ އާއި ލީޑް އެޑިއުކޭޝަން ސްޕެޝަލިސްޓް އެންޑް ޕުރޮގުރާމު ލީޑަރ މިސް އައިޝާ ވައި. ވައުޑާ އާއި ލީޑް ކަންޓްރީ އިކޮނޮމިސްޓް އަދި ޕުރޮގުރާމު ލީޑަރ މިސްޓަރ ގްރެގަރީ ސްމިތު އާއި ސްޕެޝަލް އެސިސްޓަންޓް ޓު ދަ ވައިސް ޕްރެޒިޑެންޓް މިސްޓަރ ކިޝަން އަބޭގުނަވަރްދަނާ އަދި އޮޕަރޭޝަންސް އޮފިސަރ އަލްފާޟިލް މުޙައްމަދު ރިޝާދެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޝަފީޤުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އަލްފާޟިލް އަޙުމަދު ނަޞީރާއި އެޑްވައިޒަރ ޓު ދަ މިނިސްޓަރ އަލްފާޟިލް އަޙުމަދު މުނައްވަރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަލްފާޟިލް ހުސައިން ޝާމް އާދަމާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަލްފާޟިލް އަޙުމަދު މާޒިނާއި، އެކައުންޓަންޓް ޖެނެރަލް އަލްފާޟިލް މުޙައްމަދު އާޒާދާއި، ޑެޕިއުޓީ މިނިސްޓަރުން އަލްފާޟިލް އަޙުމަދު ސާއިދު މުސްތަފާ އަދި އަލްފާޟިލް ޙަސަން މިރާސްގެ އިތުރުން ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަލްފާޟިލް އަޙުމަދު ސަރުވާޝް އާދަމާއި، ޗީފް ޑެޓް މެނޭޖްމަންޓް އެގްޒެކެޓިވް އަލްފާޟިލާ މަރްޔަމް ޢަބްދުލް ނާޞިރު އަދި ޗީފް ރިސޯސް މޮބިލައިޒޭޝަން އެގްޒެކެޓިވް ޑރ. މުޙައްމަދު ޔަމާއީއެވެ.