ކޮމާޝަލް ލޯ ޑިވެލޮޕްމަންޓް ޕްރޮގްރާމް މިނިސްޓަރ އަމީރު އިފްތިތާޙުކޮށްދެއްވައިފި

04 އޮގަސްޓް 2019


ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނެ ގޮތްތަކަށް އަމާޒުކޮށްގެން ބޭއްވި ކޮމާޝަލް ލޯ ޑިވެލޮޕްމަންޓް ޕްރޮގްރާމް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އިފްތިތާޙުކޮށްދެއްވައިފި އެވެ.

ހޮޓަލު ޖެންގައި 2019 އޮގަސްޓް 4ން 5ށް  ކުރިއަށްދިޔަ މި ސެމިނާރގައި ދައުލަތުގެ މުއައްސަސާތަކުގެ ޕްރޮކިއުމަންޓާ ގުޅުންހުރި ފަރާތްތަކުން ބައިވެރިވިއެވެ.

ސެމިނާރ ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އިބްރާހީމް އަމީރު ދެއްކެވި ވާހަކަފުޅުގައި ދައުލަތުގެ ބަޖެޓުން ކުރެވޭ ކޮންމެ ޚަރަދަކީވެސް ޒިންމާދާރުކަމާއެކު ދެފުށް ފެންނަ ގޮތަށް ކުރެވޭ ޚަރަދަކަށް ވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މި ސެމިނާރގައި މައުލޫމާތު ދެއްވީ ކޮމާޝަލް ލޯ ޑިވެލޮޕްމަންޓާ ގުޅޭ ތަޖުރިބާކާރުންނެވެ. 


ޝެއާ