ބީލަންވެރިންގެ މަހާސިންތާ ބާއްވައިފި

25 އޮގަސްޓް 2019
ދައުލަތުގެ ބީލަންތަކުގައި ބައިވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ފިނޭންސުން އިންތިޒާމްކޮށްގެން "ބީލަންވެރިންގެ މަހާސިންތާ 2019"ގެ ނަމުގައި މަހާސިންތާއެއް ބާއްވައިފި އެވެ.

  އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި މި މަހާސިންތާގެ މަޤްސަދަކީ ދަޢުލަތުން ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް އެފަދަ ކަންކަން ހައްލު ކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކޮށް ބީލަން މަރުޙަލާ އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި އިސްލާޙު ކުރަންވީ ކަންކަމާއި ބެހޭގޮތުން ޚިޔާލު ހޯދައި އެކަންތައްތަކަށް އިޞްލާހީ ބަދަލު ގެނައުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހި ކުރުމެވެ.

  65 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިނޭންސްގެ އިބްރާހީމް އަމީރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒު އިސްމާއީލާއި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ.

  މި މަހާސިންތާގައި އެކި ވުޒާރާތަކުން ކަމާބެހޭ ތަޖުރިބާކާރުން ބައިވެރިވެ ބައިވެރިންނާ މައުލޫމާތު ހިއްސާ ކުރެއްވި އެވެ


ޝެއާ