Ministry of Finance
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ބަޖެޓް 2018 ގެ މޯބައިލް އެޕްލިކޭޝަން ނެރެފި.
16 ނޮވެމްބަރު 2017 ޝެއާ ޓުވީޓް

2018 އަށް  ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓުގެ މައުލޫމާތު ހިމެނޭ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ. މޯބައިލް މި އެޕލްކޭޝަނާއި އެކު ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އަހަރުގެ ބަޖެޓްގެ މައުލޫމާތުތައް   ހިމެނޭ  ވެބްސައިޓާއި ލުއި  ފޮތެއްވެސް ނެރެފައެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބަޖެޓް ލުއިފޮތާއި ބަޖެޓް އެޕްލިކޭޝަން ތަޢާރަފްކޮށްދެއްވީ 1982ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާހަމައަށް ބަޖެޓް ތައްޔާރުކުރުމުގައި އެމިނިސްޓްރީން އެންމެ އިސްކޮށް އުޅުއްވި އިބްރާހިމް ރަޝީދެވެ.

އިބްރާހިމް ރަޝީދު ކުރެއްވި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މިރަސްމިއްޔާތުގައި އޭނާއަށްވަނީ ހަނދާނީ ފިލައެއް ދީފައެވެ.

 މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙުމަދު މުނައްވަރު ވިދާޅުވީ، ބަޖެޓްގައިވާ މަޢުލޫމާތު ރައްޔިތުންނަށް ދިރާސާ ކުރެވޭނެގޮތަށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ކޮންމެ މަހަކު އެއްފަހަރު ބަޖެޓާބެހޭ މަޢުލޫމާތު ހިއްސާ ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ މިނިސްޓަރ މުނައްވަރު ވިދާޅުވީ، ވެބްސައިޓްގައި ޝާއިރު ކުރުމުގެ އިތުރަށް މި އަންނަ އަހަރުން ފެށިގެން ކޮންމެ މަހަކު ބަޖެޓާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހިމެނޭ ފޮތެއް ޝާއިރު ކުރައްވާނެކަމަށެވެ.

ބަޖެޓް ގެ މޯބައިލް އެޕްލިކޭޝަން ތިރީގައި މިވާ ލިންކް ތަކުން ޑައުންލޯޑް ކުރެވޭނެއެވެ.

https://play.google.com/store/apps/details?id=mv.gov.finance.budget

https://itunes.apple.com/us/app/budget-2017/id1280403107?ls=1&mt=8

ބަޖެޓް ވެބްސައިޓްގެ އެޑްރެހަކީ :

http://budget.gov.mv/

މި އެޕްލިކޭޝަންގެ އެންމެ ބޮޑުބޭނުމަކީ ޖެކްނޮލޮޖީ ބޭނުންކޮށްގެން ބަޖެޓާބެހޭ މަޢުލޫމާތު ރައްޔިތުންނާއި ހަމައަށް ހިއްސާކުރުމެވެ.

އެންމެ ފަހުގެ
19 ފެބުރުއަރީ 2024
03 ފެބުރުއަރީ 2024
29 ޖެނުއަރީ 2024
22 ޖެނުއަރީ 2024
18 ޖެނުއަރީ 2024