Ministry of Finance
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އައުޓަރ އައިލެންޑް ހާރބަރޒް، ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ފެސިލިޓީސް ޕްރޮޖެކްޓްގެ ލޯނު އެއްބަސްވުމުގައި އޮޕެކް ފަންޑާއެކު ސޮއިކޮށްފި
16 ޖެނުއަރީ 2020 ޝެއާ ޓުވީޓް


އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (އޯޕެކް ފަންޑް) ގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އައުޓަރ އައިލެންޑް ހާރބަރޒް، ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ފެސިލިޓީސް މަޝްރޫއަށް އޯޕެކް ފަންޑް އިން ނެގުމަށް ހަމަޖެހިފައިވާ 50,000,000 (ފަންސާސް މިލިއަން) އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ހޮޓެލް ޖެންގައި ބާއްވައިފި އެވެ.

އައުޓަރ އައިލެންޑް ހާރބަރޒް، ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ފެސިލިޓީސް މަޝްރޫޢުގެ ދަށުން ރާއްޖޭގެ ރަށްތަކުގެ ބަދަރުތަކުގެ ތެރެއިން، ގިނަދުވަސްވެ ރައްކާތެރިކަމާއެކު ބޭނުންކުރެވޭ މިންވަރަށްވުރެ ބޮޑަށް ހަލާކުވެފައިވާ ބަނދަރުތައް އަލުން ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ބ.ދޮންފަނު، ބ.ކުޑަރިކިލު، ބ.ކިހާދޫ، ގއ.ކޮލަމާފުށި އަދި ގއ.ހޯނޑެއްދޫ ބަނދަރުގެ ހާލަތު ދިރާސާކުރުމަށްފަހު އަލުން އާރާސްތުކުރުމަށް ވަނީ ކަނޑައެޅިފައެވެ.

އަދި ހަމަ އެހެންމެ ރާއްޖެއަކީ ފެންތިލަ ޤައުމަކަށްވުމުން ރަށްރަށުގެ ފެންފަށަލައަށް ދިމާވެފައިވާ މައްސަލަތަކާއި، ރަނގަޅު ނަރުދަމާ ނިޒާމެއް ޤާއިމްވެފައި ނެތުމުން ދިމާވަމުންދާ ސިއްޙީ އަދި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް، ސަރުކާރުން ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާ ޤާއިމްކުރުމަށް ނިންމާފައެވެ. މިގޮތުން މި ލޯނުގެ ދަށުން ބ.ދަރަވަންދޫގައި ނަރުދަމާ ޤާއިމްކުރުމަށާއި، ހދ. ނޭކުރެންދޫ، ހދ.ނެއްލައިދޫ، ހދ.މަކުނުދޫ، ށ.ފޭދޫ، ބ.ކެންދޫ، ގދ.ވާދޫ އަދި ގދ.ފިޔޯރީގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމަށް ވަނީ ކަނޑައެޅިފައެވެ.

މި ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އޮނަރަބަލް އަލްފާޟިލް އިބްރާހިމް އަމީރެވެ. އޮޕެކް ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޑިރެކްޓަރ ޖެނެރަލް، ހިޒް އެކްސެލެންސީ ޑރ. ޢަބްދުލްހާމިދު އަލްޚަލީފާ އެވެ. މި ރަސްމިއްޔާތުގައި މަޝްރޫޢުގެ އިމްޕްލިމެންޓިންގ އޭޖެންސީގެ އިސްވެރިން އަދި މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އޮނަރަބަލް އާމިނަތު ޢާޠިފާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ލޯނަކީ %4.6 (ހަތަރެއް ޕޮއިންޓް ހައެއް އިންސައްތަ) އިންޓަރެސްޓް ރޭޓެއްގައި، 5 އަހަރުގެ ގްރޭސް ޕީރިއަޑާއެކު، 20 އަހަރުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހަމަޖެހިފައިވާ ލޯނެކެވެ.


އެންމެ ފަހުގެ
08 އޭޕްރީލް 2021
09 ނޮވެމްބަރު 2020
17 މެއި 2020
24 އޭޕްރީލް 2020
ކޮވިޑް -19 އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތަފްސީލު 07 އޭޕްރީލް 2020