Ministry of Finance
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ދިވެހި ސަރުކާރާއި އެސްޓީއޯ ދެމެދު ލޯން އެގްރިމެންޣައި ސޮއިކުރުން
02 ނޮވެމްބަރު 2017 ޝެއާ ޓުވީޓް

ކަޅުބިލަމަހުގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށާއި، މަސްވެރިކަމުގެ މަސައްކަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ އިކްއިޕްމަންޓް ގަތުމައްޓަކައި، ދިވެހި ސަރުކާރާއި  އެސް.ޓީ.އޯ އާއި ދެމެދު 46,260,000 (46.3 މިލިއަން) ރުފިޔާގެ ލޯނު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަހްމަދު މުނައްވަރުއެވެ. ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަހީރުއެވެ.  

މި ލޯނުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ކުރިއަށް ގެންދާނީ އެސް.ޓީ.އޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ މިފްކޯ އިންނެވެ. މި ލޯނު ފައިސާއިން މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ބޭނުން ކުރެވެމުންދާ އިންފްރާސްޓްރަކްޗަރ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. އެގޮތުން މިހާރަށްވުރެ ގިނައިން މަސްވެރިން އަތުން މަސްކިރުވާ ރައްކާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، މަހުގެ ފެންވަރު ރަނގަޅުކުރުމާއި މިހާރަށްވުރެ ޚަރަދު ކުޑަކޮށް މިފްކޯގެ މަސައްކަތްކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުގެ
19 ފެބުރުއަރީ 2024
03 ފެބުރުއަރީ 2024
29 ޖެނުއަރީ 2024
22 ޖެނުއަރީ 2024
18 ޖެނުއަރީ 2024