ހިލޭއެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ނެދަލޭންޑްސްގެ ސަރުކާރާއި ދެމެދު ސޮއިކޮށްފި

27 އޮކްޓޯބަރ 2018

ހިލޭއެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ނެދަލޭންޑްސްގެ ސަރުކާރާއި ދެމެދު 11 ނޮވެމްބަރ 2014 ގައި ސޮއިކުރެވިއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ ޏ.ފުވައްމުލައް، ސ.މަރަދޫ، މަރަދޫ-ފޭދޫ އަދި ސ.ފޭދޫ ގައި އެކަމުން ރައްކާތެރިވުމުގެ މަޝްރޫއުތައް ހިންގޭނެއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ. ނެދެލެންޑްސްގެ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްބެސެޑަރ ލުއީ ޕިއޭ އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެވުމާއިއެކު މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެއެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ އަގަކީ 767,878 ޔޫރޯއެވެ. ނަމަވެސް މުޅި މަޝްރޫއުގެ (3 ފޭސް: ތަރައްގީ ކުރުމުގެ ފޭސް، ގާއިމު ކުރުމުގެ ފޭސް، އަދި ހިންގުމާއި މަރާމާތު ކުރުމުގެ ފޭސް) އަގު އަންދާޒާ ކުރެވިފައިވަނީ 19.5 މިލިއަން ޔޫރޯ އަށެވެ.

 

ޝެއާ