Ministry of Finance
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ސަޕްލިމެންޓަރީ ބަޖެޓެއްގެ ގޮތުގައި 493 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި.
24 އޮކްޓޯބަރ 2017 ޝެއާ ޓުވީޓް

ދައުލަތުގެ ބަޖެޓަށް ވުރެ އިތުރަށް ޚަރަދުވާނެކަމަށް ލަފާކުރެވޭތީ، 2017 ވަނަ އަހަރުގެ ބަޖެޓަށް ޚަރަދު އިތުރުކޮށް، ސަޕްލިމެްޓަރީ ބަޖެޓެއްގެ ގޮތުގައި 493 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު މިއަދު ހުށަހަޅައިފިއެވެ.

މިއަދު ހުށަހެޅުނު ސަޕްލިމެންޓަރީ ބަޖެޓްގައި  ޚަރަދުގެ ގޮތުގައި ހިމެނިފައިވަނީ، ސިއްޚީ ދާއިރާއިން ދެމުން ގެންދާ ޚިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި 330 މިލިއަން ރުފިޔާ، ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގެ ޚަރަދުތަކަށް ކަނޑައަޅާފައިވާ 26 މިލިއަން ރުފިޔާ، ކާޑެއްދޫ އެއާޕޯޓް ހިނގުމާ ސަރުކާރުން ހަވާލުވުމާ ގުޅިގެން ބޭނުންވާ40 މިލިއަން ރުފިޔާ، ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫޢު ފެށުމަށް ބޭނުންވާ 47 މިލިއަން ރުފިޔާގެ އިތުރުން، އެހެނިހެން ޚަރަދުތަކަށް 50 މިލިއަން ރުފިޔާއެވެ.

މި ހުށަހެޅުނު ސަޕްލިމެންޓަރީ ބަޖެޓާއި އެކު 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ބޮޑުބައެއް މިއަހަރު ތެރޭގައި ލިބޭނެކަމަށް ނުފެންނާތީ، އާމްދަނީ އިތުރުކުރުމުގެ ގޮތުން 268 މިލިއަން ރުފިޔާ ހޯދުމަށްވެސް ސަޕްލިމެންޓަރީ ބަޖެޓްގައި ވަނީ ހުށަހަޅާފައެވެ.

އާމްދަނީ އިތުރުކުރުމުގެ ގޮތުން، ރެވެނިއު ސްޓޭމްޕް ޤާނުނު އިޞްލާޙްކުރަންވެސް ވަނީ ހުށަހަޅާފައެވެ.

މިއަހަރުގެ މިހާތަނަށް ލިބިފައިވާ އާމްދަނީއަށް ބަލައި، މިއަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް މިހާރު ލަފާކުރެވެނީ 20.8 ބިލިއަން ރުފިޔާއެވެ. އަދި ޚަރަދު ހިނގަމުންދާ މިންވަރަށް ބަލައި މިއަހަރުގެ ނިޔަލަށް ޖުމްލަ ޚަރަދުވާނެކަމަށް މިހާރު ލަފާކޮށްފައިވަނީ 22.5 ބިލިއަން ރުފިޔާއެވެ.

2017 ވަނަ އަހަރުގެ ބަޖެޓް 1.7 ބިލިއަން ރުފިޔާއިން ޑެފިސިޓްވާނެއެވެ. އަދި 2016 ވަނަ އަހަރު ޖީ.ޑީ.ޕީގެ ނިސްބަތުން ބަޖެޓް ޑެފިސިޓް 10.3 އިންސައްތާގައި ހުރިކަމުގައިވީނަމަވެސް މިއަހަރުގެ ޑެފިސިޓް ޖީ.ޑި.ޕީގެ ނިސްބަތުން 2.3 އިންސައްތާގައި ހިފެހެއްޓޭނެކަމަށް ލަފާކުރެވެއެވެ.

އެންމެ ފަހުގެ
19 ފެބުރުއަރީ 2024
03 ފެބުރުއަރީ 2024
29 ޖެނުއަރީ 2024
22 ޖެނުއަރީ 2024
18 ޖެނުއަރީ 2024