ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ސަރުކާރުގެ
މިލްކުގައިވާ ދައުލަތުގެ ވިޔަފާރި ތަންތަނާއު އެތަންތަނުގެ މިލްކުގައިވާ އެއްޗެހި
ޕްރައިވަޓައިޒްކުރުމާއި، ކޯޕަރަޓައިޒްކުރުމާއި، މޮނިޓަރކުރުމާއި،
އިވެލުއޭޓްކުރުމާއި ދައުލަތުގެ ވިޔަފާރި ތަންތަނުން ހިއްސާ އާންމުކޮށް
ވިއްކުމަށްޓަކައި 'ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި
ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫން (ޤާނޫން
ނަންބަރު 2013/3)ގެ ދަށުން 7 މެމްބަރުންގެ މަށްޗަށް އެކުލެވިގެންވާ
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ވަނީ އުފައްދަވާފައެވެ. މި ބޯޑުގެ ސެކްރެޓޭރިއެޓްގެ މަސައްކަތް
ކުރަމުންދަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދާ
ޕަބްލިކް އެންޓަރޕްރައިސަސް މޮނިޓަރިންގ ޑިވިޜަނުންނެވެ.