އޭޑީބީ ގެ ރައީސް މިސްޓަރ ޓަކަހީކޯ ނަކާއޯ ދިވެހިރާއްޖެއަށް ދެ ދުވަހުގެ ރަސްމީ ދަތުރު ފުޅެއް ކުރައްވައިފި
26 އޮގަސްޓް 2019 ޝެއާ ޓުވީޓް
އޭޑީ.ބީ ގެ ރައީސް މިސްޓަރ ޓަކަހީކޯ ނަކާއޯ ދިވެހިރާއްޖެއަށް ދެ ދުވަހުގެ ރަސްމީ ދަތުރު ފުޅެއް ކުރައްވައިފި

2019 އޮގަސްޓް 25ން 27ށް ކުރެއްވި މިދަތުރުފުޅުގައި އޭޑީބީގެ ރައީސް ނަކާއޯ ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރުގެ އަރިހަށްވެސް ނަކާއޯ ވަނީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

އޭޑީބީގެ ރައީސް ޒިޔާރަތް ކުރެއްވި ތަންތަނުގެ ތެރޭގައި ސްޓެލްކޯ ޕަވަރޕްލާންޓް، މާލޭ ނޯތު ހާބަރ، މަސްމާރުކޭޓް، ތިލަފުށި އަދި ހުޅުމާލެ ހިމެނެއެވެ.

މިއީ އޭޑީބީގެ ރައީސް ޓަކަހީކޯ ނަކާއޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.