ފިނޭންސް މިނިސްޓްރީގެ ކޯލް ސެންޓަރ 1617 އިފްތިތާޙް ކުރުން
30 މާޗް 2017 ޝެއާ ޓުވީޓް

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް މިހާރަށްވުރެ ލުއި ފަސޭހަކޮށް މަޢުލޫމާތު ދިނުމަށްޓަކައި 1617 ގެ ނަމުގައި ހޮޓްލައިނެއް ތަޢާރަފުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި، މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ މި މިނިސްޓްރީ އަށް 22 އަހަރު ޚިދުމަތްކޮށްދެއްވާފައިވާ އަދި މި މިނިސްޓްރީގެ ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަންގައި މަސައްކަތްކުރަމުންދާ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ފާތިމަތު ރަޢީފާ އެވެ.

މި ޚިދުމަތް ތަޢާރަފްކުރުމާއި ގުޅިގެން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން ލިބިގެންދިޔުމުގެ އިތުރުން ޚިދުމަތް ހޯދާ ފަރާތްތަކުން ކަންކަން ރަނގަޅުކުރުމަށް ބޭނުންވާ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

1617 އިން ލިބެންހުރި ޚިދުމަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓާއި ގުޅުން ހުރި މައުލޫމާތާއި، ޕޭމަންޓާއި ގުޅޭ މަޢުލޫމާތުގެ އިތުރުން  ބިޑް ތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.

 1617 ގެ ޚިދުމަތް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން މެންދުރު 14:00 އަށް ލިބެންހުންނާނެއެވެ.