ސަސެކް ފިނޭންސް މިނިސްޓަރުންގެ ބައްދަލުވުން 2017
03 އޭޕްރީލް 2017 ޝެއާ ޓުވީޓް

ސައުތު އޭޝިޔާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން ( ސަސެކް ) ޤައުމުތަކުގެ ވިޜަން ނުވަތަ ތަސައްވަރު އާއްމުކޮށްފިއެވެ.

މި ތަސައްވުރު އާއްމުކޮށްފައިވަނީ  އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި މި މަހުގެ 3 ން ހަތަރަކަށް ކުރިއަށް ދިޔަ ، ސަސެކްގެ ފިނޭންސް މިނިސްޓަރުންގެ ބައްދަލުވުމުގައެވެ. ރާއްޖޭގެ މިނިސްޓަރ އޮފް ފިނޭންސް ގެ  ފަރާތުން މި ބައްދަލުވުމުގައ މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވީ އެކްޓިންގ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް އަހްމަދު މާޒިން އެވެ.

ސަސެކުން އާއްމުކުރި ވިޜަންގެ ސަބަބުން މެމްބަރު ޤައުމުތަކުގެ ތަރައްްޤީއަށް އެކި  ދާއިރާތަކުން އެއްބާރުލުން ދީގެން މަސައްކަތްކުރުމަށް އެހީވެދޭނެއެވެ.

ފިނޭންސް މިނިސްޓްރީގެ އިތުރުން މި ބައްދަލުވުމުގައި،  މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާ ސްޓްރަކްޗަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ އިސް މަންދޫބުން ރާއްޖޭގެ ފަރާތުން ބައިވެރިވަޑައިގެންފައިވެއެވެ.

ރާއްޖެއިން ސަސެކް އާއި ގުޅިފައިވަނީ 2014 ވަނަ އަހަރުއެވެ. ރާއްޖޭގެ އިތުރުން ސަސެކްގެ މެމްބަރު ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ، ބަނގްލަދޭޝް، ބޫޓާން، އިންޑިއާ، މިޔަންމާ، ނޭޕާލް، އަދި ސްރީލަންކާ އެވެ.

 

  ​