އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ އާޓިކްލްސް އޮފް އެގްރީމެންޓް ގައި 29 ޖޫން 2015 ގައި ދިވެހިރާއްޖެއިން ސޮއިކޮށްފި.
29 ޖޫން 2015 ޝެއާ ޓުވީޓް

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ އާޓިކްލްސް އޮފް އެގްރީމެންޓް ގައި 29 ޖޫން 2015 ގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ޗައިނާގެ ބެއިޖިންގގައި ހުންނަ ދަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައެެވެ.

ދިވެހިރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ.

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކަކީ ޗައިނާގެ ފަރާތުން އުފައްދާ ބައިނަލްއަގުވާމީ ބޭންކެކެވެ. މި ބޭންކުގެ ބޭނުމަކީ:

  1. އިގްތިޞާދީ ތަރައްގީއަށް ހިތްވަރުދީ، ގައުމުތައް މާލީގޮތުން ތަނަވަސްކޮށް އުމްރާނީގޮތުން ކުރިއަރުވާ އޭޝިއާގެ އެއްގައުމު އަނެއްގައުމާ އޮންނަ ގުޅުން އިތުރުކޮށް އެހެނިހެން ދާއިރާތަކުން ތަރައްގީ ހޯދައިދިނުމެވެ. އަދި:
  2. ދޭދޭ ގައުމުތަކާއި ގިނަ ގައުމުތައް ބައިވެރިވާގޮތަށް ތަރައްގީއަށްހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރަހައްދީގޮތުން އެއްބައިވެ މަސައްކަތްކުރުން.

ދިވެހިރާއްޖެ ހިމެނޭގޮތަށް 50 ގައުމަކުން ވަނީ މި އެއްބަސްވުމުގައި ސޮއިކޮށް ބޭންކުގެ މަސައްކަތް ފަށައިގެންފައެވެ.