ސައުތު އޭޝިއާ ސަބްރީޖަނަލް އެކޮނޮމިކް ކޯޕަރޭޝަންގެ ފަރާތުން 2025ވަނަ އަހަރަށް ތައްޔާރުކޮށްފައިވާ ތަސައްވަރާ ގުޅޭ ގޮތުން ބައްދަލުވުމެއް ބާއްވައިފި.
16 ނޮވެމްބަރު 2016 ޝެއާ ޓުވީޓް

ސައުތު އޭޝިއާ ސަބްރީޖަނަލް އެކޮނޮމިކް ކޯޕަރޭޝަންގެ ފަރާތުން 2025ވަނަ އަހަރަށް ތައްޔާރުކޮށްފައިވާ ތަސައްވަރާ ގުޅޭ ގޮތުން ބައްދަލުވުމެއް ބާއްވައިފި.

ސައުތު އޭޝިއާ ސަބްރީޖަނަލް އެކޮނޮމިކް ކޯޕަރޭޝަންގެ ފަރާތުން 2025ވަނަ އަހަރަށް ތައްޔާރުކޮށްފައިވާ ތަސައްވުރާ ގުޅޭ ގޮތުން  ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙުމަދު މުނައްވަރު ވަނީ މި ބައްދަލުވުމާ ގުޅޭ ގޮތުން ބައިވެރިންނާ މުޙާޠަބުކޮށް ވާހަކަ ފުޅު ދައްކަވާފައެވެ.

16 ނޮވެމަބރ 2016 ވީ ބުދަދުވަހު ހޮޓެލް ޖެންގައި ކުރިއަށް ގެންދެވުނު މި މަސައްކަތު ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވައި ދެއްވީ ، މިނިސްޓްރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސީނިއަރ އެޑްވައިޒަރ މުޙައްމަދު ޖަލީލްއެވެ. މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ އިސްވެރިންނާއި ޕްރައިވެޓް ސެކްޓަރ އިން ބައިވެރިވެފައިވާއިރު މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ސައުތު އޭޝިއާ ސަބްރީޖަނަލް އެކޮނޮމިކް ކޯޕަރޭޝަނުން އިސްކަމެއް ދެއްވާފައިވާ ދަތުރުފަތުރާއި، ވިޔަފާރި އަދި ހަކަތައި ދާއިރާގެ ކުރިމަގަށެވެ.