Ministry of Finance
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ދިވެހިސަރުކާރާއި އަބޫދާބީ ފަންޑްފޮރ ޑިވެލޮޕްމަންޓާއި ދެމެދު ލޯނު އެއްބަސްވުމުގައި ސޮއިކުރުން – 22 ޖޫން 2015
28 ޖޫން 2015 ޝެއާ ޓުވީޓް

އައްޑު އަތޮޅާއި، ރ.ވަންދޫއާއި ހދ. ގެ ބައެއް ރަށްރަށުގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ހިންގުމަށް ދިވެހިސަރުކާރާއި އަބޫދާބީ ފަންޑްފޮރ ޑިވެލޮޕްމަންޓާއި ދެމެދު ލޯނު އެއްބަސްވުމުގައި 22 ޖޫން 2015 ގައި ސޮއިކުރެވިއްޖެއެވެ.

ދިވެހިރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ. އަބޫދާބީ ފަންޑްފޮރ ޑިވެލޮޕްމަންޓްގެފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑައިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއެވެ.

މި މަޝްރޫއުގައި ހިމެނެނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކުނި އަންދައިގެން އެއިން ނިކުންނަ ހޫނު ބޭނުންކޮށްގެން ކަރަންޓު އުފެއްދުމެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ އަގަކީ 22,038,00 ދިރުހަމެވެ، އެއީ ގާތްގަނޑަކަށް 6 މިލިއަން ޑޮލަރެވެ.

މިލޯނަކީ %2 ގެ އިންޓަރެސްޓާއި އިދާރީ ޚަރަދުގެ ގޮތުގައި %0.5 އާއި އެކު 20 އަހަރު ދުވަހުން އަދާކުރާގޮތަށް ނަގާފައިވާ ލޯނެކެވެ. ލޯނުގެ ގްރޭސް ޕީރިއަޑަކީ 5 އަހަރު ދުވަހެވެ.

އެންމެ ފަހުގެ
08 އޭޕްރީލް 2021
09 ނޮވެމްބަރު 2020
17 މެއި 2020
24 އޭޕްރީލް 2020
ކޮވިޑް -19 އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތަފްސީލު 07 އޭޕްރީލް 2020