'އެން އެންޑިއުރިންގ ޕާޓްނަރޝިޕް' އިފްތިތާހްކުރުން (ދިވެހިރާއްޖެއާއި އޭޝިޔަން ޑިވެލޮޕއމެންޓް ބޭންކާއި ގުޅިގެން ނެރޭ ފޮތް)
27 އޮކްޓޯބަރ 2015 ޝެއާ ޓުވީޓް

'އެން އެންޑިއުރިންގ ޕާޓްނަރޝިޕް' (ދިވެހިރާއްޖެއާއި އޭޝިޔަން ޑިވެލޮޕއމެންޓް ބޭންކާއި ގުޅިގެން ނެރޭ ފޮތް)، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން އިސްވެ އޮވެގެން ދިވެހި ސަރުކާރާ ގުޅިގެން ނެރޭފޮތް ރަސްމީކޮށް އިފްތިތާޙްކުރެވުނީ 15 އޮކްޓޯބަރ 2015 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައެވެ.

ފޮތް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޖިހާދާއި އޭ.ޑީ.ބީ. ގެ ޓެކްނިކަލް އެޑްވައިސަރ ގަމްބީރް ބައްޓާއެވެ. މި ހަފްލާގައި މިނިސްޓްރީ އޮފް ފިނޭންސް އެނޑް ޓްރެޜަރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިފޮތަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ދިވެހިރާއްޖެއާ ދެމެދު އޮތް 35 އަހަރުވީ ގުޅުން ފާހަގަކޮށް ދިވެހިރާއްޖެ އޭ.ޑީ.ބީ. އާއި ގުޅުނު އަހަރު ކަމުގައިވާ 1978 އިންފެށިގެން މިއަދާ ޖެހެންދެން އޭ.ޑީ.ބީ. އާއި ދިވެހިރާއްޖެއާ ދެމެދު ހިންގިފައިވާ ޕްރޮގްރާމްތަކާއި ސްޓްރެޓެޖީތައް ހިމަނާފައިވާ ފޮތެކެވެ. ވަކިން ޙާއްސަކޮށް އޭ.ޑީ.ބީ. ގެ އެހީގައި ހިންގިފައިވާ ކާމިޔާބު ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު މިފޮތުގައި ހިމެނިފައިވެއެވެ.

ފާއިތުވީ 30 އަހަރުތެރޭ އޭ.ޑީ.ބީ. ން ދިވެހިރާއްޖެއަށް ވެދިން އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސެކްޓަރ ތަރައްގީވެ އިގްތިޞާދަށް ކުރިއެރުން ލިބިފައިވެއެވެ. ދިވެހިރާއްޖޭގެ ދަތުރުފަތުރާއި، އައި.ސީ.ޓީ. އާއި ކަރަންޓާއި، ތަޢުލީމާއި ޕްރައިވެޓް ސެކްޓަރ ތަރައްގީކުރުމުގައި އޭ.ޑީ.ބީން ވެދިން އެހީތެރިކަން ފާހަގަކުރެވެއެވެ.