ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އަހްމަދު މާޒިން ހަމަޖައްސަވައިފި.
27 އޭޕްރީލް 2017 ޝެއާ ޓުވީޓް

އަލްފާޟިލް ޢަޙްމަދު މާޒިން އަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ، ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަންގެ ޗީފް ފަންޑްސް އެގްޒެކެޓިވްގެ މަޤާމްގައި ފުރުއްވަމުން ގެންދަވާ މުވައްޒަފަކެވެ. އަދި ހަމަ މިއާއެކު، މިދިޔަ އަހަރުގެ މާރިޗު މަހުން ފެށިގެން އަލްފާޟިލް އަޙްމަދު މާޒިން ގެންދަވަނީ މި މިނިސްޓްރީގެ ވަގުތީ ޕަރމަނަންޓް ސެކްރެޓަރީގެ މައްސޫލިއްޔަތުވެސް ޢަދާކުރައްވަމުންނެވެ.

ޗީފް ފަންޑްސް އެގްޒެކެޓިވްގެ މަޤާމުގެ ޙައިސިއްޔަތުނ ް އަޙްމަދު މާޒިންގެ ޒިންމާއަކީ މުޅި ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމެވެ. އަދި މިހާރު ސަރުކާރުގެ މާލީ ނިޒާމް ހަރުދަނާކޮށް ބެލެހެއްޓުމަށް ޤާއިމްކޮށްފައިވާ ޕަބްލިކް އެކައުންޓިންގ ސިސްޓަމް (ޕީ.އޭ.އެސް) ފަރުމާކޮށް ޤާއިމް ކުރުމުގެ މަސައްކަތުގައި މުޙިންމު އިސް ދައުރެއް އަޙްމަދު އޭނާ އަދާ ކުރައްވާފައިވެއެވެ.

އަޙްމަދު މާޒިން 2002ވަނަ އަހަރު އެކައުންޓިންގ އެންޑް ފައިނޭންސުން ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަންއިން ފުރަތަމަ ޑިގްރީ ޙާޞިލްކުރައްވާފައިވާއިރު، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން (ފައިނޭންޝަލް މެނޭޖްމަންޓް) މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވަނީ 2006ވަނަ އަހަރު އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ބެލަރަތް، އިންނެވެ. 

 ޢަހްމަދު މާޒިން އަކީ މި މިނިސްޓްރީގެ އެކިއެކި ޑިވިޜަންތަކުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވަނީ ޓްރެޜަރީ މެނޭޖްމަންޓް އަދި ފައިނޭންޝަލް ރިޕޯޓިންގގެ ދާއިރާގައެވެ. އަދި ހަމަ މިއާއެކު ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ބޯޑް ޑިރެކްޓަރ އަދި ޗެއަރމަންގެ މަޤާމުވެސް ފުރުއްވާފައި ވާއިރު، ޖުލައި 2016 އިން ފެށިގެން ގެންދަވަނީ މިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ބޯޑުގެ ޗެއަރމަންކަންވެސް ކުރައްވަމުންނެވެ