1. ފުރަތަމަ ސަފުޙާ
  2. މިނިސްޓްރީ އޮފް ފިނޭންސް
  3. ބައިނަލްއަގުވާމީ ގުޅުންތައް
  4. ކުވޭތު ފަންޑް ފޯރ އަރަބް އިކޮނަމިކް ޑިވެލޮޕްމަންޓް
ކުވޭތު ފަންޑް ފޯރ އަރަބް އިކޮނަމިކް ޑިވެލޮޕްމަންޓް
26 މެއި 2020 ޝެއާ ޓުވީޓް

ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކުވައިތު ފަންޑް) އަކީ މެދު އިރުމަތީގައި އުފެދުނު ފުރަތަމަ ބައިނަލްއަގުވާމީ ތަރައްޤީއަށް މަސައްކަތް ކުރާ އިދާރާއެވެ. މި އިދާރާ އުފައްދާފައި ވަނީ 1961 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މި އިދާރާއިން ދުނިޔޭގެ ކުރިއަރަމުންދާ ގައުމުތަކުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ލޯނު ފޯރުކޮށްދެއެވެ. އަދި މި ގައުމުތަކަށް މަޝްރޫއުތަކުގެ ފީސިބިލިޓީ ސްޓަޑީ ހެދުމާއި ސަރުކާރު މުވައްޒަފުން ތަމްރީނުކުރުމުގެ ގޮތުން ޓެކްނިކަލް އެސިސްޓަންސް ވެސް ފޯރުކޮށްދެއެވެ. ކުވައިތު ފަންޑުގެ މައިގަނޑު އޮޕަރޭޝަން އަމާޒުކުރެވިފައި ވަނީ ދަނޑުވެރިކަން، ދަތުރުފަތުރު، މުވާސަލާތީ ހިދުމަތް، ހަކަތަ، އަދި ފެނާއި ނަރުދަމާގެ ދާއިރާތަކަށެވެ.

ކުވައިތު ފަންޑުން 1970ގެ އަހަރުތަކުން ފެށިގެން އަންނަނީ ދިވެހިރާއްޖެއަށް ލޯނު، ހިލޭ އެހީ އަދި ޓެކްނިކަލް އެސިސްޓަންސްގެ ގޮތުގައި އެހީ ފޯރުކޮށްދެމުންނެވެ. ކުވައިތު ފަންޑުން ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދީފައިވަނީ 1976 ވަނަ އަހަރު އެއަރޕޯޓް މަޝްރޫއަށް ދޫކޮށްފައިވާ ލޯނަކުންނެވެ. އޭގެ ފަހުން ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް ކުވައިތު ފަންޑުން ދަނީ އެހީ ފޯރުކޮށްދެމުންނެވެ.


އަހަރުމަޝްރޫއުފައިސާއަދަދު
2017ފުވައްމުލައް އީސްޓަރން ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް
ކުވައިތީ ދީނާރު3,600,000
2016އެކްސްޕޭންޝަން އެންޑް އަޕްގްރޭޑިންގ އޮފް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްކުވައިތީ ދީނާރު15,000,000
2014ޑިވެލޮޕްމަންޓް އޮފް ވޯޓަރ ސަޕްލައި އެންޑް ސުވަރެޖް ފެސިލިޓީސް ޕްރޮޖެކްޓް އިން ފުވައްމުލައް އައިލެންޑްކުވައިތީ ދީނާރު3,200,000
2005ސެކަންޑް ލޯން ފޮރ ފައިނޭންސިންގ މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑިންގ ޕްރޮޖެކްޓްކުވައިތީ ދީނާރު1,400,000
2005ރިހެބިލިޓޭޝަން އޮފް ސުނާމީ ޑެމޭޖްޑް ޔުޓިލިޓީޒްކުވައިތީ ދީނާރު2,455,619
1999މޯލްޑިވްސް ޕޯޓްސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް
ކުވައިތީ ދީނާރު4,492,460
1998މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑިންގ 4 ކުވައިތީ ދީނާރު2,976,327
1992މާންދޫ އައިލެންޑް ފިޝަރީޒް ޕްރޮޖެކްޓް ކުވައިތީ ދީނާރު2,799,706
1987އެއަރޕޯޓް ޕްރޮޖްކްޓް/އެކްސްޓެންޝަން ކުވައިތީ ދީނާރު2,500,000
1980ފިޝްވެލްތު އެކްސްޕްލޮއިޓޭޝަން ޕްރޮޖެކްޓް ކުވައިތީ ދީނާރު2,900,000
1980މަރޝަންޓް ޝިޕިންގ ކުވައިތީ ދީނާރު1,026,008
1976އެއަރޕޯޓް ޕްރޮޖެކްޓް ކުވައިތީ ދީނާރު2,150,000
ވެބްސައިޓް: www.kuwait-fund.org/en/web/kfund/home