ޖަޕާން ބޭންކް އޮފް އިންޓަރނޭޝަނަލް ކޯޕަރޭޝަން
25 ޖުލައި 2020 ޝެއާ ޓުވީޓް

ޖަޕާން ބޭންކް އޮފް އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭބިކް) ފުރަތަމަ އުފައްދާފައިވަނީ 1 އޮކްޓޯބަރ 1999 ވަނަ އަހަރު، ޖަޕާން އެކްސްޕޯޓް-އިމްޕޯޓް ބޭންކް އާއި އޯވަރސީސް އިކޮނޮމިކް ކޯޕަރޭޝަން ފަންޑް އެއްކޮށްލުމާއި އެކުގައެވެ. އަދި 2008 ވަނަ އަހަރު ޖަޕާން ފައިނޭންސް ކޯޕަރޭޝަންގެ އިންޓަރނޭޝަނަލް ވިންގ އަށް ބަދަލުކުރެވުނެވެ. އޭގެފަހުން ޖޭއެފްސީގެ ދަށުން މިނިވަންވެ، 1 އޭޕްރީލް 2012 ގައި، ޖަޕާނު ސަރުކާރުން ހިންގާ ޕަބްލިކް ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށޤ ބަދަލުކުރެވުނެވެ. ޖޭބިކްގެ މައިގަނޑު މަޤްސަދަކީ ޖަޕާނާއި ބޭރު ދުނިޔޭގައި ޖަޕާނުން ހިންގާ ތަރައްޤީގެ މަސައްކަތްތަކަށް އެހީވުމެވެ.

ޖޭބިކުން ދިވެހިރާއްޖެއަށް އެހީ ލިބިފައިވަނީ 2006 ވަނަ އަހަރު ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތަކުން އާރަސްތުކުރުމަށް ހިންގުނު ސުނާމީ ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓަށެވެ. 

ޖޭބިކާއި ދިވެހިރާއްޖޭގެ ގުޅުން

އަހަރުމަޝްރޫއުފައިސާއަދަދު
2006ސުނާމީ ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓްޖަޕަނީޒް ޔެން2,616,199
ވެބްސައިޓް: www.jbic.go.jp