އާންމު ސުވާލު





ވަން ޓައިމް ވެންޑަރސްއަށް ޕޭމަންޓް އެންޓަރ ނުކުރެވެނީ ކީއްވެ؟

2016-07-09 21:48:38 | އެކައުންޓްސް ޕޭޔަބަލް

ނޮވެމްބަރ 2013 އިން ފެށިގެން MMA އިން ވަނީ ވިޔަފާރިތަކުންނާއި އާންމުންގެ ޗެކު ގަބޫލުކުރުން މުޅިން ހުއްޓާލާފައެވެ. އެހެންކަމުން މުސާރައާއި އޯޑިޓް ކާޑް ހޯލްޑަރ ޕޭމަންޓް ފިޔަވައި އެހެން ހުރިހައި ޕޭމަންޓްތަކެއް ޖެހޭނީ އެފަރާތެއްގެ އެކައުންޓަރ ޓްރާންސްފަރ ކުރާށެވެ. އެހެން ނަމަވެސް އެންމެ ފަހަރަކު ވިޔަފާރިކުރާ ފަރާތްތަކުގެ ބޭންކްގެ މައުލޫމާތު ސިސްޓަމަށް އެންޓަރ ކުރެވިފައެއް ނުހުންނާނެއެވެ. އެއީ އެމަޢުލޫމާތަކީ އިންވޮއިސް އެންޓަރކުރާއިރު އަޕްޑޭޓް ކުރެވޭ މަޢުލޫމާތަކަށްވާތީއެވެ. މިކަމަށް އޮތް ހައްލަކީ އެފަދަ ފަރާތްތައް ވެންޑަރގެ ގޮތުގައި ކްރިއޭޓް ކުރާނީއެވެ. ނުވަތަ BML ގައި އެކައުންޓް ހުރި ފިޔަފާރިއެއްނަމަ BML ނަމުގައި ޗެކު ދޫކުރާނީއެވެ.

Tel:(+960) 3349 110
Fax:(+960) 3349 131
helpdesk@finance.gov.mv