އާންމު ސުވާލު

އިންވޮއިސް ޑޮކިއުމެންޓެއް ރިވަރސްކުރަން އުޅުމުން އަރަނީ ތިރީގައި އެވާ މެސެޖް. “Period 005/2012 is not open for account type K and G/L 511004”

2016-07-11 10:05:16 | އެކައުންޓްސް ޕޭޔަބަލް

މިހާރު ހިނގަމުންދާ ޕީރިއަޑާއި ނިމުނު މަސް ވާނީ އަބަދުވެސް ހުޅުވިފައެވެ.

މަތީގައިވާ މެސެޖް އަރަނީ މިހާރު ހިނގަމުންދާ ޕީރިއަޑާއި ނިމުނު މަހުގެ ކުރީ ޕީރިއަޑެއްގެ ޑޮކިއުމެންޓެއް ރިވަރސް ކުރަން އުޅުމުންނެވެ. ރިވަރސް ކުރުމަށްޓަކައި ތިރީގައިއެވާ ގޮތަށް ހަދާށެވެ.

  • ރިވަރސަލް ރީޒަންއެއްގެ ގޮތުގައި 02-Reversal in closed period ސިލެކްޓް ކުރައްވާ
  • ޕޯސްޓިންގ ތާރީހެއްގެ ގޮތުގައި މިއަދުގެ ތާރީހު ސިލެކްޓް ކުރައްވާ

ނޯޓް: ކުރީގެ އަހަރެއްގެ ޑޮކިއުމެންޓެއް ރިވަރސް ކުރުމުގައި ސަމާލުވާންނާނެއެވެ (މިސާލަކަށް: 2014 ވަނަ އަހަރު 2013 ވަނަ އަހަރުގެ ޑޮކިއުމެންޓެއް ރިވަރސް ކުރަން އުޅުން). އެގޮތަށް ރިވަރސް ކުރަން އުޅެފިނަމަ ކުރީ އަހަރުގެ ބަޖެޓެ މިއަހަރަށް ލިބެންހުންނަގޮތް މެދުވެރިވެދާނެއެވެ. އެހެންނަމަވެސް ޚަރަދުތައް އަދިވެސް ހުންނާނީ ކުރީ އަހަރުގެ ޚަރަދުގެ ގޮތުގައެވެ. އެހެންކަމުން ޑޮކިއުމެންޓެއް ރިވަރސް ކުރާނަމަ އަހަރު ރަނގަޅަށް ސިލެކްޓް ކުރުމަށް ސަމާލުކަންދޭންވާނެއެވެ. މިސާލަކަށް، 2013 ގެ ޑޮކިއުމެންޓެއް 2014 ގައި ރިވަރސް ކުރާނަމަ ޕޯސްޓުކުރި ތާރީޚް އޮންނަންވާނީ 31.12.2013 މިހެންނެވެ.

 

Tel:(+960) 3349 110
Fax:(+960) 3349 131
helpdesk@finance.gov.mv