އަމާޒު

  • ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ބާރު އެޅުމާއެކު، ސަރުކާރަށް ލިބޭ އާމްދަނީއެއްގެ މައްޗަށް ބިނާކޮށް ބަޖެޓް ތައްޔާރު ކުރުމާއި، އެންމެ  ފައިދާހުރި ދާއިރާތަކަށް އިސްކަން ދިނުން.
  • ސަރުކާރުގެ އާމްދަނީ އިތުރު ކުރެވޭނެ ހަރުދަނާ ގޮތްތަކެއް ހޯދުން.
  • ސަރުކާރުގެ ކޯޕަރޭޝަން ތަކާއި، ކުންފުނިތަކާއި، އެންޓަރޕްރައިޒް ތަކުގެ އިޤްތިސާދީ ޙާލަތު ދެނެގަނެ ސަރުކާރަށް ވަންނަ އާމުދަނީ އިތުރުވާނެ ގޮތްތައް ހޯދުމާއެކު، ގެއްލުންވާ ތަންތަން ބަންދުކުރުން.
  • ބޭރު ފައިސާ ބޭނުންވާ ސަރުކާރުގެ މަޝްރޫއު ތަކަށް ލިބުނު މިންވަރަކުން ސޮފްޓް ލޯނު ހޯދުން އިތުރު ކުރުމާއެކު، އެކްސްޕޯޓް ކޮށްގެންނާއި ޚިދުމަތް ދިނުމުގެ ބައި  އިތުރުކޮށްގެން ބޭރުގެ ދަރަނިތައް ކުޑަކުރެވޭތޯ ބެލުން.
  • ސަރުކާރުގެ ވަޒީފާތަކުގައާއި، ޢާއްމު ކުންފުނިތަކުގައާއި އެންޓަރޕްރައިޒް ތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ވަޒީފާ ދޫކޮށް ލާއިރު  ރަނގަޅު ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނޭފަދަ ތަނަވަސް ކަމެއް ހޯދައި ދިނުމުގެ  ގޮތުން އެމީހުންގެ ޕްރޮވިޑެންޓް ފަނޑުގެ ފައިސާ ޒަމާނާ އެކަށޭނަ ގޮތަކަށް ތަރައްޤީ ކުރަމުން ގެންދިއުން.
  • ޤައުމުގެ އިޤްތިސާދަށް  އަންނަމުންދާ ބަދަލުތައްބަލައި ދިރާސާ ކުރުމަށްފަހު، އިޤްތިސާދީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާބެހޭ އިރުޝާދު ކަމާބެހޭ ފަރާތްތަކަށް ދިނުން. އަދި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ އިންތިޒާމުތައް ކުރަމުން ދިއުން.

 

ބޭނުން

މިނިސްޓްރީއޮފް ފައިނޭންސް އެންޑް  ޓަރެޜަރީގެ މައިގަނޑު ބޭނުމަކީ، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ  ފެންވަރު މަތިކޮށްދިނުމާއެކު،  އިޤްތިސާދީ ޙާލަތު ދަށްވިޔަނުދީ ހަމައަކަށް އަޅުވައި އެއް  ފެންވަރެއްގައި ހިފެހެއްޓުމެވެ.