ޓްރެޜަރީގެ އެންޑް ޕަބްލިކް އެކައުންޓިންގ ޑިވިޜަން
29 ޑިސެމްބަރު 2018 ޝެއާ ޓުވީޓް

ޓްރެޜަރީގެ އެންޑް ޕަބްލިކް އެކައުންޓިންގ ޑިވިޜަންގެ މައިގަނޑު މަސްއޫލިއްޔަތަކީ ދައުލަތުގެ ފައިސާއާއި މުދަލުގެ ހިސާބުތައް ބަލަހައްޓާ ތައްޔާރުކުރުމެވެ. މީގެ އިތުރުން ދައުލަތުގެ "ސެންޓްރަލައިޒްޑް ޕޭމަންޓްސް" ނިޡާމް ހިންގުމަކީވެސް މިޑިވިޜަންގެ މުހިންމު މަސައްކަތެކެވެ. އަދި ދައުލަތުގެ "ކޭޝް ފްލޯ" ތައްޔާރުކޮށް، "ކޭޝް ފްލޯ" އާއި އެއްގޮތަށް ދައުލަތުގެ ޚަރަދުތައް، ލިބޭ އާމްދަނީއަށް ބަލައި ހަމަޖެއްސުމަކީވެސް ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އެގޮތުން ދައުލަތަށްލިބޭ އާމްދަނީގެ ހިސާބުތައް ތައްޔާރުކޮށް ބެލެހެއްޓުމާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުން ހިމެނެއެވެ. އަދި ޕަބްލިކް ބޭންކް އެކައުންޓްގައި ހުރި ފައިސާގެ ތެރެއިން ވަގުތުން ވަގުތަށް ބޭނުންނުވާ ފައިސާ އިންވެސްޓްކުރުމާއި، ޕަބްލިކް ފަންޑުތަކުގެ ހިސާބުތައް ލިޔެ ބެލެހެއްޓުމާއި ކޮންޓްރޯލްކުރުމާއި، އަދި ޕަބްލިކް ބޭންކް އެކައުންޓާއި ދައުލަތުގެ މާލީ ކަންކަން ކޮންޓްރޯލްކުރުމާއި ބެލެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން ދައުލަތުގެ ފައިސާ ބަލައިގަނެވެނީ، ނުވަތަ ބެލެހެއްޓެނީ، ނުވަތަ ޚަރަދު ކުރެވެނީ، ނުވަތަ އިންވެސްޓް ކުރެވެނީ ޤާނޫނާއި ގަވާއިދާއި އެއްގޮތަށްތޯ ބެލުމާއި، ދައުލަތުގެ މުދާ އަދި ދައުލަތުގެ ބެލުމުގެދަށުގައިހުންނަ މުދާ ގަނެވެނީ، ނުވަތަ ރައްކާތެރިކަމާއެކު ބެލެހެއްޓެނީ، ނުވަތަ ބޭނުންކުރެވެނީ، ނުވަތަ ވިއްކެނީ، ނުވަތަ ނައްތާލެވެނީ، ނުވަތަ ދޫކޮށްލެވެނީ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެ މަތިންތޯ ބެލުން ހިމެއެވެ.