1. ފުރަތަމަ ސަފުޙާ
  2. މިނިސްޓްރީ އޮފް ފިނޭންސް
  3. މިނިސްޓްރީގެ އޮނިގަނޑު
  4. ޑިވިޝަންތައް
  5. ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޜަން
ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޜަން
29 ޑިސެމްބަރު 2018 ޝެއާ ޓުވީޓް

ރިސޯސް މޮބިލައިޒޭޝަން ސެކްޝަން

ރިސޯސް މޮބިލައިޒޭޝަން ސެކްޝަން އިން ކުރާ މައިގަޑު މަސައްކަތްތަކުގެ ތެރޭގައި، ބޭރުގެ ހިލޭ އެހީ އާއި ލޯނު އެހީގައި ސަރުކާރުން އަލަށް ފެށުމަށް ރާވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ އަދި އެހެނިހެން ރިސޯސް ހޯދުމާއި، ސަރުކާރުގެ އެކިއެކި އިދާރާތަކުން ހިންގާ މަޝްރޫޢުތަކުގެ މަސައްކަތް ހިގާނުހިގާ ގޮތް ބަލާ، ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ޑިވިޜަނުން ކުރާ މަސައްކަތާގުޅުންހުރި ކަންކަމުގާ ވަޑައިގަންނަވާ ވަފްދުތަކަށް ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ރާވާ އިންތިޒާމްކުރުމާއި، މި ވަފްދުތަކުން ސަރުކާރުގެ އެކިއެކި އިދާރާތަކާއެކު ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އަހަރީ ބައްދަލުވުންތަކުގައި ރާއްޖޭގެ ފަރާތުން ވަފްދުތައް ބައިވެރިވުމަށް ކުރަންޖެހޭ ތައްޔާރީތައް ހަމަޖެއްސުމަކީވެސް މި ސެކްޝަންގެ މަސްއޫލިއްޔަތެކެވެ. 
 
ޑެޓް މެނޭޖްމަންޓް ސެކްޝަން

މި ސެކްޝަންގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ދައުލަތުގެ ދަރަންޏާއި ގުޅޭ ޕޮލިސީ ކަނޑައެޅުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދައުލަތުގެ މެދުރާސްތާގެ ދަރަނި މެނޭޖްކުރުމުގެ ސްޓްރެޓަޖީއެއް ތައްޔާރުކުރެވެއެވެ. އަދި ދައުލަތުން ނަގާ ލޯނުތަކާއި ދޫކުރާ ގެރެންޓީތަކުގެ ރިސްކް އެސެސްމަންޓް ހެދުމަކީ މި ސެކްޝަނުގެ ޒިއްމާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ އިތުރުން ދަރަންޏާބެހޭ ރެކޯޑްތައް ފުރިހަމައަށް ބެލެހެއްޓުމަށް ޙާއްސާ އަޙައްމިއްޔަތުކަމެއް ދީގެން، ދައުލަތުން ނަގާ ލޯނުތަކާއި ލިބޭ ހިލޭއެހީ އަދި އެކިއެކި އިދާރާތަކަށް ދޫކުރާ ގެރެންޓީ އަދި ސަބްސިޑިއަރީ ލޯނުތަކުގެ ހިސާބުތައް ރިކޯޑްކޮށް ބެލެހެއްޓުމަކީ ސެކްޝަނުން ކުރަމުންދާ ކަމެކެވެ. ދަރަނީގެ ހިސާބުތައް ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމާއި، ދައުލަތުގެ ބަޖެޓަށް ބޭނުންވާ ދަރަނީގެ މަޢުލޫމާތު ތައްޔާރުކުރުމަކީވެސް ސެކްޝަނުން ކުރަމުންދާ މަސައްކަތެކެވެ. އަދި ދަރަނި އަނބުރާ ދެއްކުމަށް ކަނޑައަޅާފައިވާ ޝެޑިއުލްއާއި އެއްގޮތަށް ދަރަނި އަނބުރާ ދައްކަމުން ދިއުމަކީ ސެކްޝަނުން ކުރާ އެންމެ މުހިއްމު އެއް މަސައްކަތެވެ.