1. ފުރަތަމަ ސަފުޙާ
  2. މިނިސްޓްރީ އޮފް ފިނޭންސް
  3. ބައިނަލްއަގުވާމީ ގުޅުންތައް
  4. ދަ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް
ދަ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް
07 އޮގަސްޓް 2020 ޝެއާ ޓުވީޓް

ދަ އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އަކީ 1976 ވަނަ އަހަރު އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީޒްގެ މެމްބަރު ގައުމުތަކުން ކުރިއަރަމުން އަންނަ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އުފައްދާފައިވާ މާލީ އެހީދޭ އިދާރާއެކެވެ. ކުރިއަރަމުންދާ ގައުމުތަކުގައި ފަޤީރުކަން ނައްތާލުމަށާއި އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް، އެ ގައުމުތަކާއި އަދި ބައިނަލްއަޤްވާމީ އެހީދޭ އެހެނިހެން ފަރާތްތަކާއި ގުޅިގެން އޮފިޑުން އެކި މަސައްކަތްތައް ކުރަމުންދެއެވެ. މިގޮތުން އޮފިޑުން އެ ގައުމުތަކަށް ބޭނުންވާ ޒަރޫރީ އުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ އިޖްތިމާއީ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ. އޮފިޑުން ފޯރުކޮށްދޭ އެހީގެ މައިގަނޑު އަމާޒަކީ ގައުމުގެ ރައްޔިތުންނަކީ ކުރިމަގު އުޖާލާ، ފުދުންތެރި ބަޔަކަށް ވުމަށްޓަކައި އެބައިމީހުންނަށް އެންމެ ބޭނުންވާނެ ޒަރޫރީ ބޭނުންތައް ފުރިހަމަކޮށްދިނުމެވެ. މިގޮތުން ކާބޯތަކެއްޗާއި، ހަކަތައާއި، ސާފު ބޯފެނާއި، ނަރުދަމާގެ ނިޒާމާއި، ސިއްޙީ ޚިދުމަތް އަދި ތައުލީމު ފޯރުކޮށްދިނުމުގެ މަޝްރޫޢުތަކަށް ހިލޭ އެހީ އާއި ލޯނު އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެއެވެ. 

އޮފިޑުން ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ 1977 ވަނަ އަހަރު ބެލެންސް އޮފް ޕޭމަންޓްސް ސަޕޯޓްގެ ގޮތުގައެވެ. އެއަށްފަހު ބަނދަރު ހެދުމާއި، މަސްވެރިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި، ތަޢުލީމް އަދި ތިމާވެށީގެ ދާއިރާގެ އެކިއެކި މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. 

އޮފިޑާއި ދިވެހިރާއްޖޭގެ ގުޅުން

އަހަރުމަޝްރޫޢުފައިސާއަދަދު
2020ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ބަޖެޓަރީ ސަޕޯޓް ލޯންއެމެރިކާ ޑޮލަރު 20,000,000
2020އައުޓަރ އައިލެންޑް ހާބަރސް، ވޯޓަރ ސަޕްލައި އެންޑް ސުވަރެޖް ފެސިލިޓީސް ޕްރޮޖެކްޓް 
އެމެރިކާ ޑޮލަރު50,000,000
2016ޑިވެލޮޕްމަންޓް އޮފް ދަ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރޮޖެކްޓް އެމެރިކާ ޑޮލަރު50,000,000
2015ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް އެމެރިކާ ޑޮލަރު50,000,000
2014އައުޓަރ އައިލެންޑްސް ވޯޓަރ ސަޕްލައި އެންޑް ސުވަރެޖް ފެސިލިޓީސް ޕްރޮޖެކްޓް އެމެރިކާ ޑޮލަރު20,000,000
2012ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އެމެރިކާ ޑޮލަރު8,400,000
2008ކޮންސްޓްރަކްޝަން އޮފް ހާބަރސް ފޮރ ސުނާމީ ވިކްޓިމްސް އެމެރިކާ ޑޮލަރު5,549,260
1999އެއަރޕޯޓް އަޕްގްރޭޑިންގ ފޭސް 4 އެމެރިކާ ޑޮލަރު1,449,941
1996ސަދަން އެޓޯލްސް ޑވެލޮޕްމަންޓް ޕްރޮޖެކްޓް އެމެރިކާ ޑޮލަރު1,101,412
1996އެޓޯލް ސްކޫލްސް އަޕްގްރޭޑިންގ އެންޑް އެކްސްޕޭންޝަން އެމެރިކާ ޑޮލަރު2,500,000
1994ވިލިނގިލި ވޯޓަރ ސަޕްލައި އެންޑް ސުވަރެޖް ޕްރޮޖެކްޓް އެމެރިކާ ޑޮލަރު3,000,000
1992ތަރޑް ފިޝަރީޒް ޕްރޮޖެކްޓް އެމެރިކާ ޑޮލަރު2,600,000
1989މާލެ ޕޯޓްސް ޕްރޮޖެކްޓް ފޭސް 1 އެމެރިކާ ޑޮލަރު2,000,000
1988އެއަރޕޯޓް ޕްރޮޖެކްޓް އެކްސްޓެންޝަން އެމެރިކާ ޑޮލަރު2,000,000
1986ބެލެންސް އޮފް ޕޭމަންޓް ސަޕޯޓް އެމެރިކާ ޑޮލަރު800,000
1983ސެކަންޑް ފިޝަރީޒް ޕްރޮޖެކްޓް އެމެރިކާ ޑޮލަރު849,294
1982ބެލެންސް އޮފް ޕޭމަންޓް ސަޕޯޓް އެމެރިކާ ޑޮލަރު520,000
1981ބެލެންސް އޮފް ޕޭމަންޓް ސަޕޯޓް އެމެރިކާ ޑޮލަރު600,000
1981އިންޓަރ އައިލެންޑް ޓްރާންސްޕޯޓް ޕްރޮޖެކްޓް އެމެރިކާ ޑޮލަރު550,390
1980ބެލެންސް އޮފް ޕޭމަންޓް ސަޕޯޓް އެމެރިކާ ޑޮލަރު1,000,000
1979ބެލެންސް އޮފް ޕޭމަންޓް ސަޕޯޓް އެމެރިކާ ޑޮލަރު800,000
1978އެއަރޕޯޓް ޕްރޮޖެކްޓް އެމެރިކާ ޑޮލަރު1,000,000
1977ބެލެންސް އޮފް ޕޭމަންޓް ސަޕޯޓް އެމެރިކާ ޑޮލަރު500,000
ވެބްސައިޓް: www.ofid.org