އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް
07 އޮގަސްޓް 2020 ޝެއާ ޓުވީޓް

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އަކީ 1966 ގައި އެކުލަވަލާފައިވާ، 67 މެމްބަރު ޤައުމު ހިމެނޭ، ތަރައްޤީއަށް މަސައްކަތްކުރާ މަލްޓިލެޓަރަލް މާލީ އިދާރާއެކެވެ. މި އިދާރާގެ މަޤުސަދަކީ މެމްބަރު ގައުމުތަކުގެ ފަގީރުކަން ނައްތާލާ، މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެހީ ފޯރުކޮށްދިނުމެވެ. 1978 ވަނަ އަހަރު ދިވެހިރާއްޖެ އޭޑީބީއާ ގުޅުމާއެކު، އޭޑީބީގެ އޭޝިއަން ޑިވެލޮޕްމަންޓް ފަންޑް (އޭޑީއެފް) މެދުވެރިކޮށް ވަނީ ރާއްޖެއަށް ގިނަ އެހީތަކެއް ލިބިފައެވެ. މިހާރުވެސް ދިވެހިރާއްޖެއަށް ހިލޭ އެހީ އަދި ކޮންސެޝަނަލް ލޯން އޭޑީއެފް އަދި އޭޑީބީގެ އެހެނިހެން މަލީ ބައިވެރިން މެދުވެރިކޮށް ލިބެމުންދެއެވެ. އެޑީބީން އެހީދޭ މަޝްރޫޢުތަކަކީ އެ އިދާރާގެ މަޤުސަދު ހާސިލްވާ، އެހީ ލިބޭ ޤައުމުގެ ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްހަމަވާ، މަޝްރޫޢުތަކެވެ. މި މަޝްރޫޢުތައް ކަނޑައަޅަނީ އެހީ ލިބޭ ޤައުމުގެ ސަރުކާރާއި މަޝްވަރާކުރުމަށް ފަހުއެވެ.

ދިވެހިރާއްޖެއަކީ އޭޑީބީގެ ސައުތު އޭޝިއާ ސަބް ރީޖަނަލް އިކޮނޮމިކް ކޯޕެރޭޝަން ޕްރޮގްރާމްގެ މެމްބަރެކެވެ. މިއީ ކްރޮސް ބޯރޑަރ ވިޔަފާރި ހަރުދަނާކޮށް، ހަކަތައިގެ ސެކިއުރިޓީ ޤާއިމްކޮށް، އިޤްތިޞާދީ ކޮރިޑޯތައް އެކުލަވާލާ، އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގެ މެދުގައިވާ ގުޅުން ބަދަހިކުރުމުގެ މަޤުސަދުގައި ފަށާފައިވާ ޕްރޮގްރާމެކެވެ.

އޭޑީބީން ދިވެހިރާއްޖެއަށް ފުރަތަމަ ލޯނެއް ދޫކޮށްފައިވަނީ 1981 ވަނަ އަހަރު އެއްރަށުން އަނެއްރަށަށް ދަތުރުފަތުރުކުރުމުގެ ނިޒާމް ގާއިމުކުރުމަށް ހިންގި އިންޓަރ އައިލެންޑް ޓްރާންސްޕޯޓް މަޝްރޫޢަށެވެ. އެއަށްފަހު އޭޑީބީން ދަނީ ދިވެހިރާއްޖެއަށް ލޯނު، ހިލޭ އެހީ އަދި ފަންނީ އެހީ، ދަތުރުފަތުރު، ތިމާވެށި، ބަނދަރު ތަރައްޤީކުރުން، ތައުލީމާއި ސިއްހީ ދާއިރާ، ހަކަތަ އަދި ޕްރައިވެޓް ސެކްޓަރ ޑެވެލޮޕްމެންޓްގެ ދާއިރާއިން ފޯރުކޮށްދެމުންނެވެ.

އޭޑީބީއާއި ދިވެހިރާއްޖޭގެ ގުޅުން

އަހަރުމަޝްރޫއުފައިސާއަދަދު
2020ކޮވިޑް-19 އެކްޓިވް ރެސްޕޮންސް އެންޑް އެކްސްޕެންޑިޗަރ ސަޕޯޓް ޕްރޮގްރާމް އެމެރިކާ ޑޮލަރު25,000,000
2019ސައުތު އޭޝިއާ ސަބް ރީޖަނަލް އިކޮނޮމިކް ކޯޕެރޭޝަން ނެޝެނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްއެމެރިކާ ޑޮލަރު5,000,000
2012މައިކްރޯ، ސްމޯލް އެންޑް މީޑިއަމް ސައިޒް އެންޓަރޕުރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްޕެޝަލް ޑްރޮވިންގ ރައިޓްސް (އެސްޑީއާރު)1,081,562
2010އިކޮނޮމިކް ރިކަވަރީ ޕްރޮގްރާމްއެސްޑީއާރު21,912,000
2009ޕްރައިވެޓް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްއެސްޑީއާރު4,053,751
2007ޑޮމެސްޓިކް މެރިޓައިމް ޓްރާންސްޕޯޓް ޕްރޮޖެކްޓްއެސްޑީއާރު3,261,588
2005ރީޖަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ފޭސް 2އެސްޑީއާރު506,963
2005ސުނާމީ އެމަރޖެންސީ އެސިސްޓެންސް ޕްރޮޖެކްޓްއެސްޑީއާރު1,188,000
2002އިންފޮމޭޝަން ޓެކްނޮލޮޖީ ޑިވެލޮޕްމަންޓްއެސްޑީއާރު4,266,368
2002އައުޓަރ އައިލެންޑްސް އިލެކްޓްރިފިކޭޝަންއެސްޑީއާރު3,141,840
1999ރީޖަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްއެސްޑީއާރު4,958,001
1999ޕޯސްޓް ސެކަންޑަރީ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްއެސްޑީއާރު4,561,271
1998ތާރޑް ޕަވަރ ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްއެސްޑީއާރު4,951,277
1993ސެކަންޑް މާލެ ޕޯޓް ޕްރޮޖެކްޓްއެސްޑީއާރު5,458,108
1992ސެކަންޑް ޕަވަރ ސިސްޓަމްސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްއެސްޑީއާރު6,376,111
1989މާލެ ޕޯޓްސް ޕްރޮޖެކްޓް ފޭސް 1އެސްޑީއާރު4,923,238
1987މާލެ ޕަވަރ ޕްރޮޖެކްޓްއެސްޑީއާރު4,699,596
1984މަލްޓި ޕްރޮޖެކްޓްއެސްޑީއާރު2,274,133
1981އިންޓަރ އައިލެންޑް ޓްރާންސްޕޯޓް ޕްރޮޖެކްޓްއެމެރިކާ ޑޮލަރު846,737
ވެބްސައިޓް: https://www.adb.org/countries/maldives/main

ދިވެހިރާއްޖެއިން އޭޑީބީއަށް ކަނޑައަޅާފައިވާ ގަވަނަރ: އަލްފާޟިލް އިބްރާހީމް އަމީރު

ދިވެހިރާއްޖެއިން އޭޑީބީއަށް ކަނޑައަޅާފައިވާ އޯލްޓަރނޭޓް ގަވަނަރ: އަލްފާޟިލާ މަރްޔަމް ޢަބްދުއްނާޞިރު