ހދ.ކުޅުދުއްފުށީ ބަދަރު ތަރައްޤީ ކުރުމުގެ ހިލޭ އެހީގެ އެއްބަސްވުމުގައި އޭޝިއަން ޑިވިލޮޕްމަންޓް ބޭންކް އާއި އެކު ސޮއިކުރުން
13 އޮކްޓޯބަރ 2016 ޝެއާ ޓުވީޓް

 ކުޅުދުއްފުށީ ބަދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް އޭ.ޑީ.ބީގެ ފަރާތުން ދެއްވާ 9,690,000 ( ނުވަ މިލިއަން ހަ ލައްކަ ނުވަދިހަ ހާސް ) އެމެރިކާ ޑޮލަރު ގެ ހިލޭ އެހީގެ އެއްބަސްވުމުގައި 05 އޮކްޓޯބަރ 2016 ވަނަ ދުވަހު ވަނީ ސޮއިކުރެވިފައެވެ.

މި އެއްބަސްވުމުގައި އޭ.ޑީ.ބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ހުމް ކިމް އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު މުނައްވަރެވެ.

މި ޕްރޮޖެކްޓަކީ ކުޅުދުއްފުށީގައި އާ ޕެސެންޖާ ހާބަރ އެއް ހަދައި، ހާބަރ އާއި ގުޅޭ އެންސިލެރީ ފެސިލިޓީސް ޤާއިން ކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ.