އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ ޗީފް ނެގޯޝިއޭޓަރސް ގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ބައި
14 ޖެނުއަރީ 2015 ޝެއާ ޓުވީޓް

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ ޗީފް ނެގޯޝިއޭޓަރސް ގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ އޮނަރަބަލް އާރިފް ހިލްމީ (ސީނިއަރ އެޑްވައިޒަރ ޓުދަ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ) އާއި އަލްފާޟިލް އަޝްރަފް ރަޝީދު (ލީގަލް ކޮންސަލްޓަންޓް) އެވެ. މި ބައްދަލުވުން އޮންނާނީ 2015 ޖެނުއަރީ 15 ގައެވެ.

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ 23 ވަނަ ފައުންޑިންގ މެމްބަރއެއްގެ ގޮތުގައި ދިވެހިރާއްޖެ ވަނީ ހަމަޖެހިފައެވެ. މި ބޭންކުގެ މައިގަނޑު މަގުސަދަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެކިއެކި ގައުމުތަކުގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ފަންޑު ކުރުމެވެ.

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގައި މިހާރު ތިބި ފައުންޑަރ މެމްބަރުންނަކީ: ބަންގްލަދޭޝް، ބްރޫނާއީ، ކެމްބޯޑިއާ، ޗައިނާ، އިންޑިއާ، އިންޑޮނީޝިއާ، ކަޒަކްސްތާން، ކުވެއިތު، ލާއޯސް، މެލޭޝިއާ، މޮންގޯލިއާ، މިޔަންމާ، ނޭޕާލް، އޯމާން، ޕާކިސްތާން، ފިލިޕީންސް، ގަތަރު، ސިންގަޕޫރު، ސްރީލަންކާ، ތައިލޭންޑް، އުޒްބެކިސްތާން، ވިއެޓްނާމް އަދި ދިވެހިރާއްޖެއެވެ.