މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދު ސަރުކާރުގެ މުއައްސަސާތަކުގެ ފައިޒާއާބެހޭ އިސްވެރިންނާއި ބައްދަލުކުރައްވައިފި
14 ޖެނުއަރީ 2015 ޝެއާ ޓުވީޓް

ސަރުކާރުގެ ބަޖެޓް ކަނޑައެޅިފައިވާ މުއައްސަސާތަކުގެ ފައިސާއާބެހޭ އިސް ވެރިންނާއިއެކު ބާއްވާ ބައްދަލުވުމެއް 6 ޖެނުއަރީ 2015 ދުވަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި ބޭއްވިއްޖެއެވެ. މި ބައްދަލުވުން ޗެއަރ ކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ.

މި ބައްދަލުވުމުގެ ބޭނުމަކީ ސަރުކާރުގެ ބަޖެޓު ތަންފީޒުކުރުން ހަރުދަނާކޮށް، މުއައްސަސާތަކުގެ ކޭޝްފްލޯ ރިޕޯޓް ތައްޔާރުކުރުމަށް ބާރުއެޅުމެވެ. ކޭޝްފްލޯ ރިޕޯޓަކީ މާލިއްޔަތު ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހުށަހަޅަންޖެހޭ ރިޕޯޓެކެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު އެހެން ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ސިޓީ ތަކަށް ޖަވާބު ލިބުން ލަސްވުމާއި، ރަސްމީ ދަތުރުތަކުގެ ހުއްދަ ދިނުމާއި ފައިސާ ނުދެއްކި ހުރި ބިލުތަކުގެ މައްސަލަތަކެވެ. މި ބައްދަލުވުން އޮތީ ވަރަށް މިނިވަން މާހައުލެއްގައި ހުރިހައި ފަރާތްތަކަށްވެސް ހިޔާލު ބަދަލުކުރެވޭ ގޮތަށެވެ. އަދި މުސްތަގުބަލުގައިވެސް މިގޮތަށް ބައްދަލުވުން ބޭއްވުމަށް ވަނީ އެއްބަސް ވެވިފައެވެ.