މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ބޭންކު ތަކާއި ބައްދަލުކުރެއްވުން
25 ޖުލައި 2016 ޝެއާ ޓުވީޓް

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙުމަދު މުނައްވަރު ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބޭންކްތަކާއި 19 ޖުލައި 2016 ވީ އަންގާރަ ދުވަހު ބައްދަލުކުރެއްވިއެވެ. މިނިސްޓަރު ކަމުގެ މަސްޢޫލިއްޔަތުތަކާއި ޙަވާލުވުމަށްފަހު، ބޭންކުތަކާއި ބޭއްވެވި ފުރަތަމަ ބަދަލުވުމުގައި މިނިސްޓްރީގެ އަލަށް އައްޔަން ކުރެވުނު ފައިނޭންޝަލް ކޮންޓްރޯލަރ، އަލްފާޟިލާ ފާތުމަތު ރަޒީނާ ތަޢާރަފްކޮށްދިނުން ހިމެނެއެވެ.

މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ރާއްޖޭގެ ބޭންކިންގ ނިޒާމް ބައިނަލްއަޤްވާމީ ސްޓޭންޑަޑް ތަކަށް ފެތޭ ނިޒާމަކަށް ހެދުމާއި، ކަސްޓަމަރުންނަށާއި ވިޔަފާރިތަކަށާއި އަދި އާއްމުންނަށް އެންމެ ފައިދާކުރަނިވި ރަނގަޅު ބޭންކިންގ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ބޭންކިންގ ސިސްޓަމަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން އަންނަ ފިއްތުންތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.